މާ ބޮޑަށް ކަންނެތް ވުމުން ވެސް ކެންސަރު ޖެހުމަށް މަގުފަހިވޭ: ދިރާސާ

ކެންސަރަކީ އޭގެ ވަރަށް ގިނަ ވައްތަރުތަކެއް ހިމެނޭ އަދި ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށްވެސް ޖެހިދާނެ ބައްޔެކެވެ. ބައެއް ހާލަތްތަކުގައި ކެންސަރު އުފެދި އަށަގަތުމަށް ވަރަށް ދިގުމުއްދަތެއް ނަގާއިރު، ދިމާވާގޮތަކުން ވަރަށް އަވަހަށް އުފެދި ބަލީގެ އެންމެ ނުރައްކާތެރި ހާލަތަށްވެސް ބަދަލުވެއެވެ. ކެންސަރަކީ ވަކިވައިރަހަކުން ނުވަތަ ބަލި ޖައްސާ ވަކިޖަރާސީމަކުން ޖެހޭ ބައްޔެއްނޫނެވެ. މައިގަނޑުގޮތެއްގައި ކެންސަރަކީ ހަށިގަނޑުގެ ސެލްތައް އިތުރަށް އުފެދި އަވަސްކަމާއެކު އޭގެ މިންވަރާއި މަސައްކަތް އާއްމު އުސޫލާއި ޚިލާފުވެ ފުށުއެރުމުން އުފެދޭ ހާލަތެކެވެ. ފުރަތަމަ އެންމެ ސެލްއަކުން އުފެދެން ފަށާ މިބަލި ހަލުވިކަމާއެކު އެސެލް ހިމެނޭ ގުނަވަނަކަށް ފެތުރެ އެވެ. އަދި އޭގެ ފަހުން ކުރުމުއްދަތެއްގެ ތެރޭގައި އެ ގުނަވަނުގެ އަވައްޓެރި އެހެން ގުނަވަންތަކަށް ފެތުރިގެންދެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަކުރައްވާ ގޮތުގައި މިއީ ދުނިޔޭގައި މީހުން މަރުވާ އެންމެ އާއްމު އެއްބައްޔެވެ. މިބަލީގައި ހިމެނޭ ބާވަތްތަކުގައި އެވުރެޖުކޮށް އަހަރަކު މަރުވާ މީހުންގެ އަދަދަށް ބަލާއިރު؛ އެންމެ ގިނައިން މީހުން މަރުވަނީ ފުއްޕާމޭގެ ކެންސަރުގައެވެ. އެގޮތުން ފުއްޕާމޭގެ ކެންސަރުގައި ހަހަރަކު105 މިލިއަން މީހުން މަރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ކަމަށް ބުނެފައިވަނީ ގޮހޮރާއި ފުރަގަސްބަލީގެ ކެންސަރުގައެވެ. އެގޮތުން އަހަރަކު 694000 މީހުން މި ބަލީގައި މަރުވާކަމަށް ދިރާސާގައި ވެއެވެ. އަދި ބަނޑުގެ ކެންސަރުގައި އަހަރަކު 723000 މީހުން މަރުވާ މަކަށް ވެސް ދިރާސާގައި ބުނެފައިވެއެވެ. ދިރާސާ ރިޕޯޓުގައި ވާގޮތުން ކެންސަރު ޖެހުމަށް މެދުވެރިވާ އާންމު ހާލަތައް ބަލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ބަނގުރާ ބުއިމާއި، ސިއްހަތަށް ގެއްލުންހުރި ކާނާ ބޭނުން ކުރުމާއި، ކަންނެތްވުމަކީ ކެންސަރުޖެހުމަށް އާއްމުކޮށް މަގުފަހިކުރުވާ ހާލަތްތަކެވެ. ކެންސަރަކީ އޭގެ ފަރުވާއަށް ބޮޑުހޭދައެއް ކުރަންޖެހޭ ބައްޔަކަށްވެފައިވީނަމަވެސް، ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ މިއީ ފަސޭހަކުރަން ވެސް އެހާމެ ފަސޭހަ ބައްޔެކެވެ. ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅި ދުޅަހެޔޮ ސިއްހަތަކަށް ބައްޓަންވާގޮތަށް އަތުރާލެވިއްޖެނަމަ ކެންސަރަކީ އެބައްޔަކާއި ދުރުވެވިދާނެ ބައްޔެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެ ހުރުމަކީ ކެންސަރުން ރައްކާތެރިވެ ހުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. މީގެ އިތުރަށް ކެއުމުގައި ހަކުރު އަދި ލޮނު މަދުކުރުމާއެކު މާމުއި އަދި ކަޅުދިރި ބޭނުން ކުރުމުން ސެލްތަކުގެ މަސައްކަތް ފުރިހަމަ ކޮށްދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!