ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ،

ހުޅުމާލެ ފިޔަވަތީގާ ކުދިންނަށް އަނިޔާކުރި ކަމެއް ނޭނގެ: ފުލުހުން

ހުޅުމާލެ ފިޔަވަތީގާ ކުދިންނަށް އަނިޔާކުރާ ކަމެއް ނޭނގެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނީ ރޭ ފަތިހު ގާތްގަނޑަކަށް 4:45 ހާއިރު ހުޅުމާލެ ގާ ހުންނަ ފިޔަވަތީގާ ތިބި ކުދިންނަށް އެތާގެ މުވައްޒަފުން އަނިޔާ ކުރާ އަޑުއިވިގެން މީހުން އެއްވި ކަމަށް ބުނެ ސޯސަލް މީޑިއާގައި ވީޑިއޯއެއް ދައުރުވަމުންދަނިކޮށެވެ. ފުލުހުން ބުނީ ހުޅުމާލެ ފިޔަވަތީގެ ފާރު މައްޗަށް ބަޔަކު އަރާ އުޅޭ ކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އެހެންނަމަވެސް ދިޔައިރު އެތާ އެއްވެސް ބައެއް ނެތް ކަމަށެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ހުޅުމާލެ ފިޔަވަތީގެ ދޮރުގައި ބަޔަކު ތަޅާ ދޮރު ހުޅުވަން ގޮވާ އަޑުގަދަކުރަމުންދެއެވެ. އަދި ފިޔަވަތީގެ އެތެރެއިން ކުދިންތަކެއް ރޮއެ ހަޅޭލަވާ އަޑު އެ ވީޑިއޯއިން އިވެމުންދެއެވެ. ފިޔަވަތީގެ ކުދިންނަށް މުވައްޒަފުން އަނިޔާކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!