ހުޅުމީދޫ މިފްކޯ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ހުޅުމީދޫ މިފްކޯ ބަނދަރު: ބާރަށް ކުރިއަށް!

ސ.ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް ފުނަށް، އާ ހާބާ ބޭސިން އާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތުގައި “ޖައްރާފާ 3” ގެންދަނީ 2 ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު އޮޕަރޭޓް ކުރަމުން ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މި މަސައްކަތުގެ ދަށުން، 380,471 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 788,1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރި މި މަސައްކަތަކީ 80.68 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!