ޖޭއެސްސީގެ މެންބަރުން --

ފަނޑިޔާރުންގެ އޯޑިއޯ އެނަލަލިސް ރިޕޯޓް ލިބޭނެ އިރެއް ނޭނގޭ: ޖޭއެސްސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށްލައި ބޮޑު އަދަދަކުން ޖޫރިމަނާކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 3 ފަނޑިޔާރުން ކަމަށް ބެލެވޭ ބަޔަކު ވާހަކަދައްކާ އޯޑިއޯތަކުގެ ވޮއިސް އެނާލަސިސް ރިޕޯޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނެފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މީޑިއާ އޮފިޝަލް “ދުވަސް” އަށް ވިދާޅުވީ، ރިޕޯޓު ލިބުނުހާ އަވަހަކަށް މީޑިއާ އަށް ހިއްސާކުރައްވާނެ ކަމަށެވެ. ނަމަވެސް، ރިޕޯޓު ލިބޭނެ ވަކި އިރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުބުނާ ކަމަށެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ އެދުމުގެމަތިން އެ ބޭފުޅުންގެ އޯޑިއޯ ސާމްޕަލް ނެގީ މީގެ 5 ދުވަސް ކުރިންނެވެ. މި މައްސަލާގައި ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓުގެ ފަނޑިޔާރު ޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައެވެ. ޖޭއެސްސީން ބުނީ ތިން ގާޒީން ވެސް އެއީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ލީކުވި އޯޑިއޯތަކުގެ ތެރޭގައި ގާޒީ ފާއިޒްގެ ފޯން ކޯލް ރެކޯޑިންގ ހިމެނެއެވެ. އެ އޯޑިއޯގައި އަޑުއިވެނީ ގާޒީ ފާއިޒް ކަމަށް ބުނާ މީހާކު، އޭނާގެ ރަހުމަތްތެރިއަކާ ވާހަކަދައްކަވާ އަޑެވެ. ނަމަވެސް ވާހަކަދައްކަ ވަނީ ސީދާ ކާކުކަން ސާފެއް ނުވެއެވެ. ރައީސް ޔާމީނުގެ ހުކުމާއި ގުޅޭ ގޮތުން އޭނާ ގަޒިއްޔާއާ ގުޅޭ ގިނަ ސުވާލުތަކެއް ކުރިއެވެ. މިއާއެކު، ރިޝްވަތު ދިީ، ބިރުދެއްކި ކަމަށް ސުވާލު ކުރިމަތި ކުރެއްވުމުން، އެ ސުވާލު ތަކަށް ޖަވާބުަ ނުދެއްވާ، އެ ދެ ސުވާލަށް ގާޒީ ފާއިޒް އިންކާރުކުރެއްވިއެވެ. ނަމަވެސް ތިންވަނަ ގޮތަކީ ރަހީނުކުރުން ކަމަށް ބުނުމުން ފާއިޒް އެކަމަށް އިންކާރުނުކުރައްވާ ވިދާޅުވީ އެހެން ވެސް ވެދާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ ބެންޗު ރަހީނުކުރެވޭނެ ބައިވަރު ގޮތްތައް ވެސް ހުންނާނެ ކަމަށް ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!