ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު

އިދިކޮޅުން ވާހަކަ ހަދަނީ، ޔާމީން ޝަރީއަތަށް ނުފޫޒު ފޯރުވަން: އަލީ ޒާހިރު

އިދިކޮޅުން ވާހަކަ ހަދަނީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އެމީހުން ނުފޫޒު ފޯރުވަން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދި ކޯޓުތަކަށް، އަދާލަތު ޕާޓީއަށް ނިސްބަތްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީން ވާހަކަ ދައްކަމުން ދާ ދަނޑިވަޅެއްގައެވެ. އަލީ ޒާހިރަށް ކުރާ ތުހުމަތުތަކުން ބަރީއަވާކަން ހާމަކުރައްވާ އޭނާ ވިދާޅުވީ، ގާޒީއަކާ ބައްދަލުކޮށް ނުވަތަ އޭނާގެ އަޑު ހިމެނޭ އޮޑިއޯއެއް އާންމު ކުރެއްވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި ޝަރީއަތުގައި އޮތް މައްސަލައެއް ވަކިގޮތަކަށް ގެންދަން ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް އޭނާ ހަތް ފަހަރު ހުވާކުރައްވަންވެސް ތައްޔާރު ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނީ އޭނާގެ އޯޑިއޯ އެއް އާންމު ކުރައްވާ ހިސާބުން ކަމަށް ވިދާޅުވެއެވެ. މި ކަމާ ގުޅިގެން އަލީ ޒާހިރު ނިސްބަތްވާ އަދާލަތު ފާޓީން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އަދާލަތު ޕާޓިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ނުފޫޒެއް ނެތި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ، ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާގެ އަގުވާއްޓާލާ، އަދުލު އިންސާފަށް ހުރަސް އެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް އަދާލަތު ޕާޓީން ކުށްވެރިކުރާ ކަމަށެވެ. ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީއަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރަން އިދިކޮޅު މެންބަރުންގެ ތެރޭގައި ހިމެނޭ ޓީމެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައްދަލުކުރައްވާ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އަދި ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ފަނޑިޔާރުން ކަމަށް ބުނާ އޯޑިއޯތައް އެ ދުވަހު ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!