ފެމިލީ ކޯޓު

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން އިތުުރު ފުރުސަތު

ފެމިލީ ކޯޓަށް ގާޒީން ހޯދަން ކުރި އިއުލާންގެ މުއްދަތު އިތުރުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެމިލީ ކޯޓަށް ދެ ގާޒީން ހޯދަން އިއުލާން ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް ޖޭއެސްސީން މިއަދު ކޮށްފައިވާ އިތުރު އިއުލާނެއްގައި ބުނެފައިވަނީ ގާޒީން ހޯދުމަށް ކުރެވުނު އިއުލާންގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އެ މަގާމުގެ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ. އެ ކޯޓުގެ ގާޒީންގެ އަސާސީ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 30،000ރ. އެވެ. ލިވިން އެލަވަންސަށް 15،000ރ. ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،375ރ. ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!