މާލޭ ގެއަކުން ފެނުނު ހަރުފަ--ފޮޓޯ:އެމްއެންޑީއެފް

މާލޭ ގެއަކުން ފެނުނު ހަރުފައެއް ފުލުހުންނާ ހަވާލުކޮށްފި

މާލޭ ގެއަކުން ފެނުނު ހަރުފައެއް ފުލުހުންނާ ހަވާލުކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ ގެއަކުން ހަރުފައެއް ފެނުނު ކަމުގެ ރިޕޯޓު މިއަދު މެންދުރު ފަހު 15:30 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ހަރުފަ ފެނިފައިވަނީ މ. މަރުދާނު ގެއިންނެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ވަނީ މި ހަރުފަ ހިފައި، ފުލުހުންނާ ހަވާލުކޮށްފައެވެ. ރާއްޖޭގައި ހަރުފަ ގެންގުޅުމަކީ މަނާކަމެކެވެ. މިދިޔަ ޖޫން މަހު ވެސް މާފަންނު ގުދަނެއްގެ ތެރެއިން ހަރުފައެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެއެވެ. އެފަހަރު ފެނިފައިވަނީ ބާމީން ޕައިތަން އާއިލާގެ އެއްޗެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!