ރަސްމާދޫ

ރަސްމާދޫ ވެސް މޮނިޓަރިން ހާލަތަށް ގެނެސްފި

ރ. ރަސްމާދޫ ވެސް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ރަސްމާދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ދެވަނަ ނެގި ފުލޫ ސާމްޕަލްއެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. ރަސްމާދޫ ހެލްތު ސެންޓަރުން ވަނީ އެރަށުގައި ދިރިއުޅޭ ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ އެޗްޕީއޭގެ އެންގުމަށް ބޯލެނބުމަށް އެދިފައެވެ. ރަސްމާދޫގެ އިތުރުން ސ. ހުޅުމީދޫވެސް މިއަދު ވަނީ މޮނިޓަރިންއަށް ލާފައެވެ. މިއާއެކު މިވަގުތު 23 ރަށެއް މޮނިޓަނިން ހާލަތުގައި އެބަ އޮތެވެ. މިމަހު އެއްވަނަ ދުވަހު ވަނީ ރ. މަޑުއްވަރީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.އެވެ. މިދިޔަ މަހު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތީ 19 ރަށެކެވެ. އޭގެ ތެރޭގައި އއ. ހިމާންދޫ، އދ. ހަންޏާމީދޫ، މ.މަޑުއްވަރީ، ކ.ގާފަރު، ފުވައްމުލަކު ސިޓީ، ގދ. މަޑަވެލި. ތ. ވޭމަންޑޫ، ލ. މުންޑޫ އަދި ށ. މިލަންދޫ ހިމެނެއެވެ. އޭގެ އިތުރުން އދ. މަހިބަދޫ، ވ. ތިނަދޫ، ށ. ކަނޑިތީމު، ހދ، ނޮޅިވަރަމް، މ. ވޭވަށް، ސ. ހިތަދޫ، ސ. މަރަދޫ، ސ، މަރަދޫ ފޭދޫ، ސ. ފޭދޫ، ހދ، ނޮޅިވަރަމްފަރު ވެސް ހިމެނެއެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!