އދގެ އާއްމު މަޖިލީހުގެ 75 ވަނަ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވޮލްކަން ބޮޒްކިރް އާއި އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އިންތިހާބުވެ ވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރެއްވުމުގެ ތެރެއިން

ޝާހިދުގެ “އުއްމީދުގެ ރިޔާސަތު”ގެ މައުލޫމާތު ބޮޒްކިރް އާ ހިއްސާކޮށްފި

މިނިސްޓަރު ޝާހިދުގެ “އުއްމީދުގެ ރިޔާސަތު”ގެ މައުލޫމާތު އދގެ އާއްމު މަޖިލީހުގެ މިހާރުގެ ރައީސް ވޮލްކަން ބޮޒްކިރް އާ ހިއްސާ ކުރައްވައިފިއެވެ. މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވޮލްކަން ބޮޒްކިރް އާއި އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އިންތިހާބުވެ ވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރެއްވީ އިއްޔެއެވެ. ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ބޮޒްކިރް ވަނީ އޭނާގެ ފުރިހަމަ އެއްބާރުލުން މިހިނގާ ދައުރު ނިމެންދެން، އަދި އޭގެ ފަހުންވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އާއްމު މަޖިލީހުގެ ރައީސްގެ އިތުރުން އދ ގެ އެކި ގުނަވަންތަކުގެ އިސްވެރިންނާއި އަދި އެކި ގައުމުތަކުން އދއަށް ކަނޑައަޅާފައިވާ ސަފީރުންނާވެސް މިނިސްޓަރު ޝާހިދު އިއްޔެ ބައްދަލުުކުރެއްވިއެވެ. އެގޮތުން ޔޫއެން އިކޮނޮމިކް ކޮމިޝަން ފޯ ޔޫރަޕްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އދގެ އަންޑާ ސެކްރެޓަރީ ޖެނެރަލް އޮލްގާ އަލްގަޔެރޮވާ އާއި ޔޫއެން ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރު މައިމޫނާ މުހައްމަދު ޝަރީފްގެ އިތުރުން ޑެންމާކް ފިޖީ، ސްލޮވާކިއާ، އެލްސެލްވަޑޯ އިން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި އިއްޔެ ނިއުޔޯކްގައި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ޝާހިދު އިއްޔެ ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެގްޒެކެޓިވް ޓީމް އާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަން ހިންގަވަން ތިއްބެވި ސަފީރުންނާ ވާޗުއަލްކޮށް ބައްދަލުކުރައްވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ޓީމް ހާރިޖީ އޮތީ ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ވަރުގަދަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ދިވެހިރާއްޖެ އަކީ ފަހުރުވެރި ގައުމަކަށް ހަދަން ތައްޔާރަށްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!