ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި ސާވޭ ކުރުމުގެ މަސައްކަތް ކުރަނީ ---

ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފަށަން ތައްޔާރުވަނީ

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި ސާވޭ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ރަށުގެ ބޮޑު 14 މަގެއް ތަރައްޤީ ކުރަން ހަމަޖެހިފައިވެއެވެ. ސަރުކާރުން 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި ބިޔަ މަޝްރޫއު ނިންމުމަށް އެއްބަސްވެފައިވަނީ 450 ދުވަސް ތެރޭގައެވެ. މި މަޝްރޫއުގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ތާރު އަޅައިގެން އަލަށް މަގު ހެދުމާއި މަގާއި ޕޭވްމަންޓްގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުގައި ނިޝާން ހަރުކުރުމާއި މަގުބައްތި ޖެހުމާއި މިހާރު ހުރި މަގުތަކުގައި ވެސް މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާ ޒިބްރާ ކްރޮސް އެޅުން ހިމެނެއެވެ. އާބާދީގައި 6376 މީހުން އުޅޭ ތިނަދޫއަށް ވާރޭ ވެހިއްޖެނަމަ ފެން ބޮޑުވާ މައްސަލައަކީ އެ ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މި މަޝްރޫއުގެ ދަށުން އެރަށު މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!