މާލެ މަގުމަތީގައި މީހުން ނިކުމެ އުޅޭ މަންޒަރު / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ކޮވިޑް އަދަދުތައް ދަނީ މައްޗަށް: މާލެއިން 68، ރާއްޖޭގެ ޖުމްލަ 173

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 173 ކަމަށް ރިޕޯޓް ކޮށްފިއެވެ. މިއަދު ރިޕޯޓް ކުރި އަދަދުތަަކަށް ބަލާއިރު މިހާރު މާލެއިން ރިޕޯތު ކުރާ އަދަދުތައް އަންނަނީ ދުވަހެއް ދުވަހެއް މަތިވަމުންނެވެ. އިއްޔެ މާލެ ސަރަހައްދުން 35 ޕޮޒިޓިވްވި އިރު މިއަދު ޕޮޒިިވް ވެފަިއވާ ކަަމަށް ރިޕޯޓް ކޮށްފައި ވަނީ 68 އެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަުވެސް ވަނީ 1895 އަށް މައްޗަށް ގޮސްފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 6418 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 68 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 89 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 16 މީހެއް ކަމަށެވެ. މިއަދު ޕޮސިޓިވްވި 173 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 81،474 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 226 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 24 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 544 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 177 މީހަކު މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!