ޒުވާން މަސްވެރިޔާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާއެކު -- ފޮޓޯ/ ޒުވާން މަސްވެރިޔާ

މިނިސްޓަރުގެ ބައްދަލުވުމާއެކު ޒުވާން މަސްވެރިޔާއަށް އުންމީދު

“ޒުވާން މަސްވެރިޔާ” ހަސަން ސާޖިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަން ނިންމާފައިވާ ބޮޑު ދަތުރާ ގުޅިގެން މިނިސްޓާ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެގްރިކަލްޗާ ޑރ. ހުސައިން ރަޝީދު ހަސަން ސާޖިން އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ހުސައިން ވަނީ ސާޖިން ރާއްޖޭގެ ހުރިހާ ރަށަކަށް ފެށުމަށް ނިންމާފައިވާ ދަތުރާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގައި ސާޖިންއަށް ހުރިހާ ގޮތަކުން ވެސް އެހީތެރިވެއްދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރުވަނީ ދެއްވާފައެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ސާޖިން ބުނީ މި ބައްދަލުވުމާއެކު އޭނާއަށް މި ދަތުރުގައި ކުރިޔަށް ދިޔުމަށް އިތުރަށް ހިތްވަރު ލިބިފައިވާކަމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިކަމާއި ރަށްރަށުގެ ރީތިކަން ދުނިޔެއަށް ދެއްކުމަށް ކުރާ މަސައްކަތުގައި ކުރިޔަށް ދިޔުމަށް ފަސޭހަވެގެން ގޮއްސިކަމަށެެވެ. ޒުވާން މަސްވެރިޔާ ހަސަން ސާޖިން ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަން ނިންމާފައިވާ ބޮޑު ދަތުރުގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކަށް “ސަން އޮންލައިން” ވަނީ ކަނޑައަޅާފައެވެ. “ޑިސްކަވާ މޯލްޑިވްސް ވިތް ޒުވާން މަސްވެރިޔާ” ގެ ނަމުގައި ސާޖިން ފަށަން މިއުޅޭ ދަތުރު އޭނާ އެންމެ ފުރަތަމަ އިއުލާންކުރީ ސޯޝަލް މީޑިއާގައެވެ. އެކަން ޓްވިޓާ މެދުވެރިކޮށް އިއުލާންކުރުމާގުޅިގެން “ސަން” އިން ސާޖިން އާ ސުވާލު ކޮށްލުމުން ޖޯޝާއެކު ގިނަ ވާހަކަތަކެއް ހިއްސާކުރަމުން ސާޖިން ވަނީ އޭނާގެ އަމާޒު ހުރީ މި ދަތުރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!