ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް -- ފޮޓޯ: އަވަސް

ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ ތަޅުމަށް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ — 241 ކޮމެޓީ — އިން ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރިޔާސަތަށް ފޮނުވައިފި އެވެ.

ކޮމިޓީގެ މެންބަރަކު އެކަން ޔަގީންކޮށްދެއްވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.

މަޖިލީހުގެ އެ ކޮމިޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހެއްޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މައްސަލަ ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައި ވަނިކޮށް، ގާނޫނުގައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ރައީސް ނަޝީދު ގަބޫލުކުރައްވާތީ އެވެ.

ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެކަމަކު ގާނޫނުގައި ބުނެފައި އޮތީ އެ ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ވުމުން ކަމަށެވެ. އެގޮތުން ގާނޫނަށް މިއަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވުމުން އެކަން ހިނގާދިޔަ ގޮތް ސާފުކުރެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. ކޮމިޓީގައި އިމްރާން ވިދާޅުވީ ފައިރޫޝް ރިޓަޔާކުރެއްވީ ހަތް މަސް ދުވަހު އެކަމަށް ތައްޔާރުވެގެން ކަމަށާއި، ރިޓަޔާ ކުރެއްވުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާފައިވާ ކަމަށެވެ. އަދި އޭނާ ރިޓަޔާ ކުރައްވާ ސިޓީ ފޮނުވިއިރު ގާނޫނު އޮތްގޮތް އެމަނިކުފާނަށް އެހާ ބޮޑަށް އެވަގުތަށް ސާފުވެފައި ނުވާ ކަމަށާއި ނަމަވެސް ފައިރޫޝް ރިޓަޔާ ކުރެއްވިއިރު އޭނާގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.

“ފައިރޫޝްގެ ތައުދީބީ ފިޔަވަޅެއް އަންނަ މައްސަލައެއް ހުށަހެޅިފައެއް ނެތް. ވާހަކަ ވަރަށް ބައިވަރު އެބަހުރި. އެކަމަކު ވާހަކައެއް ނޫން ލިޔެކިޔުމުގައި އޮންނަންޖެހޭނީ. މިކަމުގައި ބެލޭނީ ހުރި ލިޔެކިޔުންތަކަށް. ސުވާލުތައް އުފެދެން ފެށުނީ މާފަހުން.” އިމްރާން ވިދާޅުވި އެވެ

ފައިރޫޝްއަކީ 7 ފެބުރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުސް އިދާރާއާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެންނެވި ފަރާތެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހާ ފިޔަވައި ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހުތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލާފައި ނެތް ހާލަތުގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިދާނެ ހާލަތެއް އުފެދިފައި ނެތީސް ވަކިވާ މީހުންނަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކީވާ މީހުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!