އެމްޑީޕީ އޮފީހުގައި މާރާމާރިއެއް ހިނގައި މެމްބަރު މީކައިލް ނަސީމްގެ މަންމަގެ ބޯ ވަނީ ފަޅައިގެން ގޮސްފައި---

މަންމައަށް ހަމަލާދިނީ މަސްތުވެގެން ހުރި މީހެއް: މީކައިލް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އޮފީސް ތެރޭގައި މާރާމާރި ހިންގީ މަސްތުވެފައި ހުރި މީހެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މައި އޮފީހުގެ ތެރޭގައި މާރާމާރީ ހިނގީ މިއަދު މެންދުރު 12:30 ހާއިރު އެވެ. މާރާމާރީގައި މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ)ގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ.

މިކަމާ ގުޅޭގޮތުން މީކައިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމަލާއަކީ ސީދާ އޭނާގެ މަންމައަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށެވެ. އަދި މިއީ ސިޔާސީ ހަމަނުޖެހުމެންގެ ސަބަބުން ހިނގިކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ހަމަލާއާ ގުޅޭގޮތުން ރައީސް ނަޝީދު ވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރި މީހުން ހައްޔަރުކުރުމަށް ވަނީ ގޮވާލައްވާފަ އެވެ. މާރާމާރީގައި އަނިޔާ އާއި ގެންލުންވި ފަރާތްތަކަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަނިޔާވީ އެމްޑީޕީގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ޝާމިން އާއި މެމްބަރު މީކައިލްގެ މަންމަ (މަންދީ) އަށް އަވަސް ޝިފާއެއް ލިބުމަށް އެދިވަޑައިގަންނާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ހިންގާ އިމާރާތުގެ ދެ ފްލޯއެއްގައި ޕާޓީގެ އޮފީސް ހިންގަ އެވެ. އެއީ ގްރަންޑް ފްލޯ އާއި ފަސްޓް ފްލޯ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!