މޯލްޑިވިއަންގެ ފްލައިޓެއް -- ފޮޓޯ: އަވަސް

ފްލައިޓް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ދޫކޮށްލައިފި

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ އެމީހާ ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުވައްމުލަކު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ކަމަށެވެ.

އެ މީހާ ހައްޔަރުކުރީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ކޯޓު އަމުރެއްގެ ދަށުންނެވެ.

އުމުރުން 34 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމާއި އެ ނޫންވެސް ނުރައްކާތެރި އިންޒާރުތައް ދިނުމަކީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރާ ގުޅޭ ގާނޫނުތަކުގައި ވަރަށް ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށްތަކެވެ. އެފަދަ އިންޒާރުތައް ދުނިޔޭގެ ހުރިހާ ގައުމަކުން ހެން ވަރަށް ސީރިއަސްކޮށް ބަލާ ފިޔަވަޅު އަޅައެވެ. އަދި ބޮޑެތި އަދަބުތައް އެ ގައުމުތަކުގެ ގާނޫނުތަކުގައިވެސް ކަނޑައަޅާފައި ހުރެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!