ޓްރީ ޓޮޕް ހޮސްޕިޓަލުން ހެލްތް ކޭންޕެއް އޭދަފުށީގައި ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ހެލްތް ކޭންޕެއް އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ. މި ސެޕްޓެމްބަރ 10 އަދި 11 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ކޭމްޕަކީ ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕިލިރަނީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ ކޭމްޕެކެވެ. މި ހެލްތް ކޭންޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ޚާއްސަ ޑޮކްޓަރުން އަދި ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހަރަކާތްތެރިވާނެ އެވެ. މިގޮތުން ބަލިމީހުންނަށް ހެލްތް ސްކްރީނިންގ ހަދައިދިނުމުގެ އިތުރުން އިތުރު ފަރުވާ ބޭނުންފުޅުވާ ފަރާތްތަކަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި މި ހެލްތް ކޭންޕްގެ ހެލްތް ސްކްރީނިންގ ޚިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހެލްތް ސްކްރީނިންގ ޚިދުމަތް ފޯރުކޮށްދެނީ ހިލޭކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ. ހެލްތް ކޭންޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބު، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. ހުސެއިން ފައިސަލް އަދި ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑަރ ހިމެނިވަޑައިގަންނަވަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުން ނެވެ. ބުކިންގ ހެއްދެވުމަށް އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6600294 އަދި 6608309 ގުޅުއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!