ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވިސްނުމަކީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދައްޕަރު ތަރައްގީކުރުން: މަބްރޫކް

ސަރުކާރުގެ ވިސްނުމަކީ ރިއަލް އެސްޓޭޓް ޓޫރިޒަމަަށް ހއ. ދައްޕަރު ތަރައްގީކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ސަރުކާރުން ދައްޕަރު ނެގީ އެ ރަށުގައި ފަތުރުވެރިކަަމަށް ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން ކަމަށެވެ. “ރިއަލް އެސްޓޭޓަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި އެ ރަށުގެ މަޝްރޫއު ރޭވިފައި އޮތީ،” މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވެސް ދައްޕަރު ފަތުރުވެރިކަމުގެ ރަށެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައި އޮތްކަމަށެވެ. “ބިން ހިއްކި އިރު މިއޮތީ ގުޅިފައި. ވިސްނުން މިހުރީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް. ޓޫރިޒަމް އާ ޕްރޮޑަކްޓެއް ރާއްޖޭގައި ޑިވެލޮޕްކުރުމަށް އެއް ގޮތުގައި،” އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މަބްރޫކް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަކީ މުހިންމުކަމެއްްގެ ގޮތުގައި ސަރުކާރުންވެސް ގަބޫލުކުރާކަމަށެވެ. އަދި ދައްޕަރު، ފިއްލަދޫގެ އިހްތިޞާސުން ނެގުމާ ގުޅިގެން ކޮންމެވެސް ވަރަަކަށް ކުރީގެ ކައުންސިލާއި ވާހަކަދައްކާފައިވާކަމަަށް ވެސް މަބްރޫކް ވިދާޅުވިއެވެ. “އެބޭފުޅުން ފާހަގަކުރައްވާ ރަނގަޅު އެއްކަމަކީ ޕަބްލިކް ކޮންސަލްޓޭޝަން ލެވެލްގައި އިތުރަށް އެ އެންގޭޖްމަންޓް ބޭނުންވާކަމަށް އަދި އެ ނެހެދި ހުރި ކަމަށް،” މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ރައީސް އޮފީހުން ވެސް މިހާރު ދައްޕަރުގެ މައްސަލައިގައި ކައުންސިލާ މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އެންގުމެއްނެތި ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކޮށްފިއިތުރަށް ވިދާޅުވުމަށް ދައްޕަރު ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިޞާސްގެ ދަށުން ނަގާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ މިދިޔަ އާދިއްތަ ދުވަހު އާންމުކުރެއްވި ގަރާރެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!