ރ. މަޑުއްވަރީ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ސޯޝަލް މީޑިއާ

މަޑުއްވަރީ މޮނިޓަރިން ހާލަތަށް ގެނެސްފި

ކޮވިޑާ ގުޅިގެން ރ. މަޑުއްވަރީ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. މަޑުއްވަރީ ހެލްތު ސެންޓަރުން ބުނީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ރަށުގައި ފެތުރެމުންދިޔަ އަރިދަފުސް ރޯގާ އާއި ގުޅިގެން އޮގަސްޓް 27 ވަނަ ދުވަހު ނެގުނު 30 ފްލޫ ސާމްޕަލް ގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ. އަދި މިހާރު ވަނީ ޕޮޒިޓިވްވި މީހުންގެ 5 ޑައިރެކްޓް ކޮންޓެކްޓެއްވެސް ޕޮޒިޓިވްވެފައެވެ. މިއާއި އެކު މަޑުއްވަރީ ގެ އެކްޓިވް ކޭސްގެ އަދަދަު ވަނީ 7 ކަށް އަރާފައެވެ. މީގެ ކުރިންވެސް މަޑުއްވަރީ ވަނީ ޕޮޒިޓިވް ކޭސް އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މޮނިޓަރިންނަށްލާފައިވާ ރަށްތަކުގެ އަދަދު ދަށްވުމަށް ފަހު މި ފަހަކަށް އައިސް އަނެއްކާ ވެސް ވަނީ އެ އަދަދު އިތުރުވާން ފަށާފައެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!