ފިއްލަދުއާއި ދައްޕަރު އެއްކޮށް ފެންނަ ގޮތް

ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ހަމްދާން

ހއ. ފިއްލަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާލުވެއްޖެއެވެ. ހަމްދާން އެހެެން ވިދާޅުވީ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރެއިން ހއ. ދައްޕަރު ވަކިކުރުމާ ގުޅިގެން އެރަށު ރައްޔިތުން އަދި ކައުންސިލުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އެކަމާ ގުޅިގެން ހަމްދާން ކުރެއްވި ޓްްވީޓެއްގައި ވިދާޅުވީ ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެ ވެސް، މިއަދުވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ރަށު ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭ ކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެ ކަމަށް ވެސް ހަމްދާން ވަނީ ފާހަގަކުރައްވާފައެވެ. ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބޭރުކޮށްލީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމާ ގުޅިގެން ކައުންސިލުން ބަޔާނެއް ނެރެފައިވާއިރު ދައްޕަރު އަލުން ފިއްލަދޫގެ ކައުންސިލްގެ އިހްތިސާސްގައި ހިމަނާ ދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ. އެގޮތުން އެ ނޔާނުގައި ފިއްލަދޫ ކައުންސިލުން ވަނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށާ އެކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން ލިބެމުންދާތީ އެކަމާ ގުޅިގެން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ބުނެފައެވެ އަދި އެކަމައްޓަކާ، ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާ، އެކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކުން މައުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރެއިން ދައްޕަރު ވަކިކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އެ ރަށުގެ ރައްޔިތުން ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށާފައެވެ. އެ ރަށު ރައްޔިތުން ސޮއިކުރާ މި ޕެޓިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ދައްޕަރު އެއީ ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ކަނޑައެޅުމަށް ފަހު ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނެތި ކުރީގެ ނިންމުމަށް ބަދަލު ގެނެސް އެ ރަށުގެ އިހުތިސާސުން ދައްޕަރު ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ދައްޕަރު އިންޑިޔާ މީހުންނަށް ސެކަންޑް ހޯމް އަޅަން ދޭން އުޅޭ ކަމުގެ އަޑު މީގެ ކުރިން ވަނީ ގަދަވެފައެވެ. އެހެންނަމަވެސް އެކަމަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އޮތީ ވިދާޅުވެފައެވެ. މީގެ އިތުރުން ދައްޕަރުގައި ވިލާއާއި ވޯޓާ ބަންގަލޯ އެޅުމަށް ފަހު ގަންނަން ބޭނުންވާ ފަރާތްތަކަށް ވިއްލާވާހަކަވެސް ދަނީ ދެކެވެމުންނެވެ. ދައްޕަރު، ފިއްލަދޫން ވަކިކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި “ސޭވް ދައްޕަރު” ގެ ނަމުގައި މިހާރު ވަނީ އެކަމާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!