ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު / ފޮޓޯ: ރައީސް އޮފީސް

އޮޅިގެން 1796 މުވައްޒަފުންނަށް މުސާރަ އުނި އިތުރުވި: ފިނޭންސް

އޮޅިގެން 1796 މުވައްޒަފުންގެ މުސާރަ އުނި އިތުރު އައިސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން އެހެން ބުނީ އޮގަސްޓް މަހުގެ މުސާރަ ޖަމާކުރިއިރު ހެލްތު ސެކްޓަރުގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކުރުމުގައި އުނި އިތުރު އައިސްފައިވާ މައްސަލަ ގުޅިގެންނެވެ. މިނިސްޓްރީން ބުނީ 2021 އޮގަސްޓް މަހުގެ މުސާރަ މުވައްޒަފުންނަށް ޖަމާކުރިއިރު ހެލްތު ސެކްޓަރުގައި މަސައްކަތް ކުރާ 1796 މުވައްޒަފުންނަށް މުސާރައިގެ އުނި އިތުރު އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންނަށް އިތުރަށް ފައިސާ ޖަމާކުރެވިފައިވާއިރު ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިވަނީ މަދުން ކަމަށް މިނިސްތްރީން ވަނީ ބުނެފައެވެ. އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ ރޭ 7:45 ގައި ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތަށް ދިމާވެފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުން ކަމަށާ އެ މައްސަލަ ފާހަގަ ކުރެވުމާއެކު ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ ފަރާތްތަކަށް އެ ފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ, އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރަ އާ ގުޅުންހުރި މަސައްކަތްތައް ރާވާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 60000 ރުފިޔާ އާއި 70000 ރުފިޔާ އާ ދެމެދުގެ އަދަދެއް ވެސް ޖަމާކޮށްފައި ވެއެވެ. އަދި ބައެއް މުވައްޒަފުންނަށް ލިބެން ޖެހޭ މުސާރައަށް ވުރެ 4000 ރުފިޔާ އާއި 7000 ރުފިޔާ އާ ދެމެދުގެ އަދަދެއް ވެސް ބައެއް މުވައްޒަފުންނަށް ވަނީ ޖަމާވެފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!