މ.ކުދެހިގޭ އިސްހާގާއި، ގއ.ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ

6 މޭ: އިސްހާގާއި ފަހުމީގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައި ވާ، މ. ކުދެހިގޭ އިސްހާގާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފިއެވެ. މި ދެމީހުންގެ ބަންދަށް މުއްދަތު ޖަހާފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުންނެވެ. ފުލުހުން ކުރިން ބުނެފައި ވަނީ މ. ކުދެހިގޭ އިސްހާގަކީ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި އެކަކު ކަމަށެވެ. އަދި ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އިސްހާގު ކަމަށް ފުލުހުން ބުނެފައިވެއެވެ. ހަމަލާގެ އެންމެ އިސް ތިން މީހުންގެ ތެރޭގައި އިސްހާގު ހިމެނޭއިރު ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަކީ ވެސް ހަމަލާގައި އެކި ދައުރު އަދާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އިސްހާގާއި ފަހުމީ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ފަހުކޮޅު ދެ މީހުންގެ ބަންދަށް ވެސް ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައެވެ. އެ ދެ މީހުން ވެސް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ ކުރިން ދިން ބަންދުގެ މުއްދަތު ހަމަވާތީއެވެ. މެއި މަހު 6 ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފައެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ. ފާތިހުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުލަތުން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ. އޭނާ މިހާރު ހުރީ ދޫކޮށްލައިފައެވެ. މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ހައްޔަރުކޮށްގެން ތަހުގީގު ކުރިއަށް ގެންދަނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި އިސްހާގާއި ފަހުމީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމްގެ އިތުރުން ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!