ހިޔާ ފްލެޓުގެ މަސައްކަތް ކުރަން މުދާ ވައްދަނީ: މި ފްލެޓުގައި މިހާރު ބިލިއަނެއްހާ ރުފިޔާގެ މަސައްކަތް ކުރަމުންދޭ -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް

ހިޔާ ފްލެޓުގައި މަސައްކަތް ކުރަން ކުންފުނިތަކުން ބިދޭސީން ފިލަނީ

ހިޔާ ފްލެޓް ނިންމަން ގިނަ މަސައްކަތްތަކެއް ފެށުމާއެކު ކުންފުނިތަކުން ބިދޭސީން ފިލުމުގެ މައްސަލަތައް ބޮޑުވެ، ކުންފުނިތަކަށް ގެއްލުންވާން ފަަށައިފި އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ވާހަކަ ދެއްކި ސީނިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި ހިޔާފްލެޓުގެ ފިނިޝިން މަސައްކަތް ފެށުމާއެކު އެ ޖަމިއްޔާގައި ހިމެނޭ ގިނަ އަދަދެއްގެ ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީން ފިލުމުގެ މައްސަަލަތަކެއް ނުކުންނަމުންދެ އެވެ. މިކަމުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހުއްޓިދާނެކަމުގެ ބިރު އެބައޮތް ކަމަށް އެ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވި އެވެ.

“މައްސަލަ ދިމާވަނީ ރާއްޖޭގައި އުޅޭ އަންޑޮކިއުމެންޓެޑް ނޫނީ ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ސަބަބުން، މި މީހުންގެ ފަރާތުން އެނގިގެން ނޫނީ އެ މީހުންނާ ބައިވެރިވެގެން މަސައްކަތް ކުރަން ކުންފުނިތަކުގައި ތިބި މީހުންވެސް މިދަނީ. އެހެންވެ މިއީ ބޮޑު މައްސަލައެއް،” އޮފިޝަލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ބައި ލައްކައެއްހާ މުވައްޒަފުން ތަމްސީލް ކުރާ މި ޖަމިއްޔާއިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ހިޔާ ފްލެޓަކީ ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް މި ހާލަތުގައި ލިބުނު ފުރުސަތެއް ނަމަވެސް ބިދޭސީންގެ ސަބަބުން މި މަސައްކަތް ކުންފުނިތަކަށް ގެއްލެމުންދާ ކަމަށެވެ.

“މިހާލަތުގައި ތިއްބައި ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުސަތެއް މިއީ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މި ފުރުސަތު ވެސް ދިވެހިންނަށް ނުލިބި މިދަނީ. އެހެންވެ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަސައްކަތް ހުއްޓުވައިދޭން ޖެހޭ،” އޮފިޝަލް ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ މަސައްކަތް ނިމި މިހާރު މީހުން ވަންނަން ތައްޔާރުވާއިރު މިތަނުގެ ފިނިޝިންގެ މަސައްކަތް ކުރަން ޖެހިފައިވަނީ ފްލެޓު ލިބުނު
މީހުން އަމިއްލަ އަށެވެ. އެހެންވެ މި މީހުންގެ އަތުން 500 މިލިއަން ރުފިޔާއާ އެއް ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެ އެވެ. މި ފްލެޓުތައް ނިންމުމަށްފަހު އަންނަ ޑިސެމްބަރު މަހުން ފެށިގެން ފްލެޓުތަކަށް ފައިސާ ދައްކަން ފަށަން ޖެހޭނެ އެވެ. ކުރިން މި ފްލެޓުތަކަށް ދައްކަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެފައިވަނީ ސާވިސް ފީއާ އެކު މަހަކު 8،500ރ. އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!