ބިލެއްފަހި ބަނދަރު މަޝްރޫއުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ބިލެއްފަހި ބަނދަރު މަޝްރޫއު: ކޮންކްރީޓް ގަލުގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ށ. ބިލެއްފަހި ބަނދަރު ހެދުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެފަހު ޝިޕްމަންޓް ސައިޓަށް ގެންގޮސްފިއެވެ. އެމްޓީސީސީން ބުނީ ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެފަހު ޝިޕްމަންޓް އޯގަސްޓް 30، 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރު ބޭރު ތޮށި ހެދުމާއި 98 މީޓަރު އެއްގަމު ތޮށި ހެދުމާއި 5 މޫރިން ބުލޮކް ލުމާއި 11 ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ. އޭގެ އިތުރުން 2 ނެރުބައްތި ހަރުކުރުމާއި 1150 ސްކެއާ މީޓަރު ޕޭވްމަންޓެއް ހެދުމާއި 14325 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 9800 ކިއުބިކް މީޓަރު ނެރު ފުންކުރުމާރި ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއިން ޖެހުން ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!