އައްޑޫ ސިޓީ މީދޫ މަގެއް / ފޮޓޯ: އޭއޯ ނިއުސް

އައްޑޫ: އިތުރު 37 މީހުން ޕޮޒިޓިވްވެ، އެކްޓިވް ކޭސް 216 އަށް

އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 915 އަށް އަރައިފިއެވެ. އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އާ 37 ކޭސް ފެނިފައިވާ ކަމަށެވެ. އޭގެ ތެރެއިން 17 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ. އޭގެ އިތުރުން މަރަދޫ ފޭދޫން 2 ކޭސް، މަރަދޫން 13 ކޭސް، އަދި މީދޫން 5 ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 30 ޑައިރެކްޓް ކޮންޓެކްޓާ، 5 ރެންޑަމް ސާމްޕަލްއެއް އަދި ފުލޫ ކްލިނިކުން 2 މީހަކު ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އައްޑޫއިން 915 ކޮވިޑް ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 696 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ތިން މީހަކު ވަނީ މަރުވެފައެވެ. އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 612 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 106 ކޭސްއެވެ. މީގެ އިތުރުން މަރަދޫފޭދޫގައި 24 ކޭސް، ފޭދޫގައި އެކްޓިވް 22 ކޭސް، ހިތަދޫގައި 53، މީދޫގައި 9 ކޭސް، ހުޅުދޫ އަދި ގަމުގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!