ހައިކޯޓް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 10 އަހަރަށް ޖަލަށްލީ ރަނގަޅަށް: ހައި ކޯޓު

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ތައީދު ކޮށްފިއެވެ. ހައި ކޯޓުން ބުނީ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެ، ހއ. ފިއްލަދޫ، ފެހިވިދުވަރު އަހްމަދު ހައްމާދު، 10 އަހަރަށް ޖަލަށް ލުމަށް، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރާ ކަމަށެވެ. އޭނާއަށް ކޮށްފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާއެވެ. މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންނަކީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއި ފާތިމަތު ފަރްހީޒާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމެވެ. އަދި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ. އަހްމަދު ހައްމާދު އެ ކުޑަ ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ މާޗް 18 ،2020 ވަނަ ދުވަހުގެ ހަވީރު ގާތްގަނޑަކަށް 4:30 ހާއިރުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!