ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގަނީ

ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގައިފި އެވެ.

ފުލުހުން ބުނީ އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު ހަތަރެއް ޖެހިއިރު ކަމަށާ އެކަމާއި ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިތުރު ހަމަނުޖެހުމަކަށް ފުރުސަތު ނުދިނުމަށް ފުލުހުން އެ ރިސޯޓްގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ.

ރިހިވެލި ރިސޯޓަށް އެރީ ކޮން ބައެއް ކަމާއި އެ މީހުން ހަމަނުޖެހުން ހިންގަނީ ކޮން ސަބަބަކާއި ގުޅިގެން ކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.

އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނީ ވިއްސަކަށް މީހުން އެ ރަށަށް އަރާ ސެކިއުރިޓީ ގާޑަށް ބިރުދައްކާ ގައިގައި އަތްލާ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!