ވެމްކޯގެ މުވައްޒަފެއް ކުނި ނެގުމުގެ މަސައްކަތް ކުރަނީ: އެ ކުންފުނިން ދެން ކުނި ނަގާނީ ގެތަކަށް ގޮސްގެން --- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް

ކުނި މަގުމައްޗަށް ނުނެރޭތި، ގެތަކަށް ބަލާދާނަން: ވެމްކޯ

މާދަމާއި ފެށިގެން ވެމްކޯއިން ކުނި ބަލައި ދާނީ ގޭގެއަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ. އަދި ކުނި ކޮތަޅުތައް މަގުމައްޗައް ނުނެރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުނި ނެގުމަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ވެމްކޯއިން ނެރުނު ބަޔާނެއްގައި ވަނީ މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުންދާތީ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު 15 އިން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންވާނީ އިއުއޮއްސި 6:00 އިން 7:00 އާއި ދެމެދުގެ ވަގުތެއްގައި ބުނެފައިވެ އެވެ.

ވެމްކޯއިން ކުނި ނަގާނީ އިމާރާތުގެ އެތެރެއިން ގޭގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށާއި އެ ގަޑިތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް އެދިފައިވެ އެވެ.

“ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ހަރަކާތް ތެރިވަމުން ދާނީ ރޭގަނޑު 8:00 އިން 11:00 ދެމެދުގައި. މިކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާނެ. އަދި ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަޖިސްޓަރީ ކޮށްފައިވާ ގެތަކަށް.” ބަޔާނުގައިވެ އެވެ.

މަގުމަތީ ކުނި ބެހެއްޓުން ސިޓީ ކައުންސިލުން މަނާކުރުމާއި ގުޅިގެން އެއްވެސް ގެއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސް ކުރެ އެވެ. އަދި ރައްކާތެރި ގޮތުގައި ކުނި ބަންދުކުރުމަށާއި އަންގާފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ ގޮތައް އާންމުން އަމަލު ކުރުމަށްވެސް އެދިފައިވެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!