ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެންމެ ރީތި ބިނާތައް ހުންނަ ސަރަހައްދު

އަބޫދާބީގެ ގްރީން ލިސްޓުގައި އަލުން ރާއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުގައި އަލުން ރާއްޖެ ހިމަނައިފި އެވެ.

ގްރީން ލިސްޓްގައި ރާއްޖެ އޮއްވާ އެ ލިސްޓުން ރާއްޖެ އުނިކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އަބޫދާބީގެ ޓޫރިޒަމް ޑިޕާޓްމަންޓުން ކޮންމެ ހަފުތާއަކު އަޕްޑޭޓްކުރާ ގްރީން ލިސްޓް، އެންމެ ފަހުން މިއަދު އަޕްޑޭޓް ކުރި އިރު އަލުން ރާއްޖެ ވަނީ އެ ލިސްޓްގައި ހިމަނާފަ އެވެ.

ރާއްޖެ އާއި އެކު އަބޫދާބީގެ ގްރީން ލިސްޓުގައި މިހާރު 55 ގައުމެއް ހިމަނާފައިވެ އެވެ.

އަބޫދާބީގެ ގްރީން ލިސްޓަށް ރާއްޖެ އެރުމާ ގުޅިގެން މާދަމާ އިން ފެށިގެން ރާއްޖެއިން ޔޫއޭއީ އަށް ދަތުރުކުރާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. ނަމަވެސް އަބޫދާބީގެ އެއާޕޯޓުން ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެ އެވެ.

ޔޫއޭއިން އެ ގައުމުގެ ބޯޑަރުތައް ޓޫރިސްޓުންނަށް ހުޅުވާލީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އަދި އެގައުމަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!