މިސްކިތް ހުޅުވަން ތައްޔާރުވަނީ ރޯދަ މަހު

ކިންގް ސަލްމާން މިސްކިތް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވުމަށް މަޝްވަރާކުރައްވައިފި އެވެ.

މިސްކިތް ހުޅުވުމުގެ މަޝްވަރާތައް ކުރައްވާފައިވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ މަންދޫބު ވަނީ ކިންގް ސަލްމާން މިސްކިތަށް ވަޑައިގެން އެތަނަށް ބޭނުންވާ އިތުރު ސާމާނުތަކަކީ ކޮަބައިތޯ ބައްލަވާލައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިސްކިތް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން މިސްކިތަށް އިތުރަށް ބޭނުންވާ ސާމާނު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ސައުދީ މަންދޫބު ދެއްވާފައިވާ ކަމަށެވެ.

ސަލްމާން މިސްކިތް މިދިޔަ އަހަރުގެ ކުރީކޮޅު އަދި މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ހުޅުވަން ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ. ފަހުން ބުނީ މިސްކިތް ހުޅުވުން ލަސްވަނީ އެ މިސްކިތަކީ ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ މިސްކިތަކަށްވެ، އެ މިސްކިތް ހުޅުވަން ސައުދީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާތީ ކަމަށެވެ. އެ ދަތުރު ކުރަން ދަތިވެފައި ވަނީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާތީ މިވަގުތު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށްވެސް ބުނެފައި ވެއެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!