އެމްޑަބްލިއުއެސްސީން އައިސް ޑެލިވަރީގެ ހިދުމަތްވެސް ދޭނެ

އެމްޑަބްލިއުއެސްސީގެ އައިސް – މަސްވެރިންނަށް ފަސޭހަ

މަސްވެރިންނަށް އެންމެ ބޭނުންވާ އެއް ހިދުމަތަކީ އައިސް އެވެ. ފަސޭހަ ކަމާއެކު އައިސް ލިބެން ހުރުމެވެ. މަހުގެ ތާޒާކަން ދެމެހެއްޓޭނީ އައިސް ލިބިގެނެވެ.

މަސްވެރިންނަށް ބޭނުންވާ މި ހިދުމަތް ފޯރު ކޮށްދިނުމަށްޓަކައި އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން، އަދި ވަކިން ހާއްސަކޮށް މަސްވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފެން ކުންފުނި، އެމްޑަބްލިއިއެސްސީން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ރ. ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމުކޮށް އެސަރަހައްދުގެ މަސްވެރިންނަށް އައިސް ފޯރު ކޮށްދެމުންނެވެ.

އެ ކުންފުނިން ދޭ މި ހިދުމަތް މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރުގެ އައިސް ޕްލާންޓުން ދުވާފަރު ބަނދަރު ސަރަހައްދަށް އައިސް ގެންގޮސްދޭނެ އެވެ.

އައިސް ޑެލިވަރީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 22:00 އާއި ދެމެދު ދުވާފަރު ކަސްޓަމާ ސާވިސް މެދުވެރިކޮށް އައިސް އަށް އޯޑަރު ކުރެވޭނެ އެވެ. އަދި އެމްޑަބްލިއުއެސްސީގެ އައިސް ހޮޓްލައިން ނަމްބަރު 7999151 އަށް ގުޅައިގެން ވެސް އައިސްއަށް އޯޑަރު ދެވޭނެ އެވެ. ޖީއެސްޓީ އާއި އެކު މިހާރު އެމްޑަބްލިއުއެސްސީން އައިސް ޓަނެއް ވިއްކަމުން އަންނަނީ 1،050 ރުފިޔާ އަށެވެ.

ޑެލިވަރީގެ ހިދުމަތާއި އެކު ދުވާފަރުން އައިސް ގަންނަ ފަރާތްތަކަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށް ބެލެވެ އެވެ. އަދި ގުޅައިގެން ކުރީބައިގައި އޯޑަރު ދެވުމުގެ ސަބަބުން ވަގުތު ސަލާމަތް ވެގެންދާނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!