ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ޕޮލިސް

މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާ، މާފަރު ޕޮލިސް ސްޓޭޝަން ހުޅުވަން މިނިސްޓަރާއި ސީޕީ ވަޑައިގެންފި

ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާ، މާފަރު ޕޮލިސް ސްޓޭޝަން ހުޅުވަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނ. އަތޮޅަށް ވަޑައިގެންފިއެވެ. މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުގައި މިއަދު ސީޕީ ހަމީދު އަދި އިމްރާން ވަނީ ނ. ލަންދުއަށް ވަޑައިގެންފައެވެ. އަދި އެ ރަށުގެ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރައްވައި އެ ސްޓޭޝަންގެ މުވައްޒަފުންނާ ދެބޭފުޅުން ވަނީ ބައްދަލު ކުރައްވާފައެވެ. ފުލުހުން ބުނީ މި ދަތުރުގައި ނ. އަތޮޅުގެ އަތޮޅު ކައުންސިލާއި އެ އަތޮޅު ރަށްރަށުގެ ކައުންސިލްތަކާއި އެ އަތޮޅުގެ ޕޮލިސް ސްޓޭޝަން ތަކަށް މިނިސްޓަރާއި ސީޕީ ޒިޔާރަތް ކުރައްވައި އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. މިި ދަތުރުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކްޓިވް ބައެއް އޮފިސަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!