ޖޭއެސްސީގެ މެންބަރުން ބައްދަލުވުމެއްގައި

ފަނޑިޔާރުންގެ ތަހުގީގު ފަށައިފި، މިއަދު މައުލޫމާތު ސާފުކުރަނީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ ރަހީނުކޮށްގެން ކަމަށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ދައްކަވާފައިވާ ކަމަށް ބުނާ ވާހަކައިގެ އޯޑިއޯއެއް ލީކުވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ. ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުން ބެލި މައްސަލައެއްގައި ހުކުމް ކުރުމުގައި ބައިވެރިވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވި ކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހްގީގު ކުރުމަށް އެކުލަވާލި ކޮމިޓީން މައްސަލައިގެ ތަހްގީގު މިހާރު ފަށަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އެގޮތުން އެމައްސަލައިގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ. އާންމުވެފައިވާ އޯޑިއޯގައި ގާޒީ ފާއިޒު ކަމަށް ބުނާ މީހާ ބުނެފައިވަނީ، ހުކުމް ކުރި ތިންވަނަ ގޮތެއްވެސް އޮވެދާނެ ކަމަށާ، އެ ތިންވަނަ ގޮތަކީ ރަހީނުކުރުން ކަމަށެވެ. އަދި ރަހީނުކުރުމުގެ ތަފާތު ގޮތްތައް ހުންނަ ކަން ފާހަގަކުރައްވާ ގާޒީ ފާއިޒު ކަމަށް ބުނާ މީހާ ބުނެފައި ވަނީ، ހަމައެކަނި ރަހީނު ކުރެވޭނީ އޭނާ ރަހީނުކޮށްގެން ނޫން ކަމަށާއި އަނބިމީހާ ރަހީނުކޮށްގެން ވެސް ރަހީނު ކުރެވިދާނެ ކަމަށެވެ. އޭގެ އިތުރުން ނުހައްގުން ކުރި ހުކުމެއްގައި ރައީސް ޔާމީން ޖަލުގައި އޮންނަވައިފިނަމަ އެމަނިކުފާނުގެ ތާއީދު ދާނީ އިތުރުވަމުން ކަމަށާއި ރައީސް ޔާމީނަށް ހުރިހާ ކަމެއް އެނގިވަޑައިގަންނަވާނެ ކަމަށް ގާޒީ ކަމަށް ބުނާ މީހާ އޯޑިއޯއިން ބުނާ އަޑު އިވެއެވެ. އަދި އެ ނިންމުމުން ކުރާ ފައިދާ 2023 ވަނަ އަހަރުގައި ފެންނާނެ ކަމަށް ވެސް އެމީހާ ބުނާ އަޑު އިވެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!