މާލެ މަގުމަތި: ލައިސެންސް އިމްތިހާނުގެ ނަތީޖާ ބޭނުންކުރެވޭ މުއްދަތު ވަނީ އިތުރު ކޮށްފައި -- އަވަސް ފޮޓޯ

ލައިސެންސް އިމްތިހާނުގެ މުއްދަތު އިތުރުކޮށްފި

ލައިންސެންސް ނެގުމަށް ތިއަރީ އިމްތިހާން ހަދާފައިވާ މީހުނަށް އިމްތިހާނުގެ ނަތީޖާ ބޭނުން ކުރެވޭނެ މުއްދަތު ޓްރާންސްޕޯޓް އޮތޯރިޓީން އިތުރު ކޮށްފި އެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށެގެން ޓްރާންސްޕޯޓް އޮތޯރިޓީން އަމަލު ކުރަމުން އަންނަ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ލައިސެންސް ނެގުމަށް ހަދާ އިމްތިހާނުގެ މުއްދަތު ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން ތިއަރީ އިމްތިހާން ހަދާތާ ހަ މަސްތެރޭ ލައިސަންސް ނަގަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން އެކި ފަހަރު މަތިން ލޮކްޑައުން ކުރުމުގެ ސަބަބުން ގިނަ މީހުންނަށް ތިއަރީ ޓެސްޓް ހެދުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

އެހެންކަމުން އެ ގަވާއިދު ގެޒެޓް ކުރުމުގެ ކުރިން އިމްތިހާނު ހަދާފައިވާ މިހުންނަށް އަންނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ތިއަރީ އިމްތިހާނުގެ ނަތީޖާ ބޭނުން ކޮށްގެން ލައިސެންސް ނެގޭނެ އެވެެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!