ޓްވިޓާއިން “ޓިކެޓެޑް ސްޕޭސް” ޓެސްޓު ކުރަނީ

ޓްވިޓާއިން ޓިކެޓެޑް ސްޕޭސްގެ ނަމުގައި އާ ހިދުމަތެއް ނެރެ ޓެސްޓް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ހިދުމަތަކީ ލައިވް ކޮށް ކުރިއަށް ގެންދާ އޯޑިއޯ ރޫމް ހުޅުވޭ ގޮތައް ފަރުމާ ކޮށްފައިވާ މިހާރު ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދފައިވާ ކްލަބްހައުސް ގޮތަށް ބޭނުން ކުރެވޭނެ ހިދުމަތެކެވެ.

މި ރޫމްތަކަށް ވަދެވޭނީ “ޓިކެޓް” ނުވަތަ އެ ރޫމް ތަކަށް ވަނުމަށް ހުއްދަ ދީފައިވ ފަރާތްތަކަށް އެކަންޏެވެ. އަދި މި ޓިކެޓްތަކަކީ ގަންނަން ޖެހޭ ޓިކެޓް ތަކެކެވެ. އަދި ރޫމް ހޯސްޓް ކުރާ ނުވަަތަ އޯޑިއޯ ރޫމް ހަދާ ފަރާތުން އެ ޓިކެޓް އެއް ޑޮލަރާއި 999 ޑޮލަރާއި ދެމެދުގެ އަގެއްގައި ވިއްކޭނެ އެވެ.

ޓިކެޓެޑް ސްޕޭސްތަކުން ލިބޭ އާމްދަނީގެ 97 ޕަސެންޓް ޓިކެޓްތައް ވިއްކާ ފަރާތައް ލިބޭނެ އެވެ. ބާކީ ތިން ޕަސެންޓަކީ އެޕަލް އަދި ގޫގުލްއިން ނަގާ ޗާޖެކެވެ. ނަމަވެސް ޓިކެޓް ވިއްކާ ފަރާތްތަކުން މަހަކު 50،000 ޑޮލަރަށް ވުރެ ގިނައިން ލިބޭނަމަ 20 ޕަސަންޓް ޓްވިޓާއަށް ލިބޭ އަދަދު މަތި ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓިކެޓެޑް ސްޕޭސް ހިދުމަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރަން ހުޅުވާލާފައި ވަނީ މިދިޔަ ޖޫން މަހު އެވެ. ޓްވިޓާއިން ބުނި ގޮތުގައި މި ހިދުމަތް ފެށުމަށް ގިނަ ދުވަސްތަކެއް ނަގަނީ އާންމުންނަށް މި ހިދުމަތް އންމު ކުރުމުގެ ކުރިން ހުރިހާ މައްސަލަތަކެއް ރަނގަޅު ކުރުމަށެވެ.

މިހާރު ޓްވިޓާއިން ދަނީ ބައެއް އައިއޯއެސް ޑިވައިސް ތަކުގައި މި ހިދުމަތް ޓެސްޓު ކުރަމުންނެވެ. އަދި މި މަރުހަލާއަށް ފަހު އައިއޯއެސް އަދި އެންޑްރޮއިޑް ބޭނުން ކުރާ ފަރާތްތަކަށް މި ހިދުމަތް އާންމު ކުރެވިގެން ދާނެ އެވެ.

ޓްވިޓާއިން ބުނި ގޮތުގައ މި އާ ހިދުމަތަކީ އެ ޕްލެޓްފޯމް ބޭނުން ކޮށްގެން އާމްދަނީ ހޯދުމަށް ބޭނުންވާ ފަރާތަތަކަށް ހުޅުވާލެވިގެންދާ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!