އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފަ -- ފޮޓޯ: އޫރިދޫ

އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓު އިތުރު ޑޭޓާ ލިބެނީ

އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުން ކުރާ ކަސްޓަމަރުންނަށް 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ. އުރީދޫއިން މިހާރު ފަށާފައިވާ ޕްރޮމޯޝަނުގެ ދަށުން ފަސޭހަ ޕްރިޕެއިޑް ޕެކޭޖުތައް ރީޗާޖް ކުރާ ކޮންމެ ފަހަރަކު 50 ޕަސެންޓު ބޯނަސް ޑޭޓާ ލިބޭނެއެވެ. އެ ޕްރޮމޯޝަން ކުރިއަށްގެންދާނީ އަންނަ އޮކްޓޯބަރު މަހުގެ 28އާ ހަމަޔަށެވެ. ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ތެރެއިން 20 ޖީބީ 399 ރުފިޔާއަށް، 50 ޖީބީ 699 ރުފިޔާއަށް، 60 ޖީބީ 799 ރުފިޔާއަށް، 120 ޖީބީ 1099 ރުފިޔާއަށް، 180 ޖީބީ 1549 ރުފިޔާއަށް އަދި 500 ޖީބީ 3549 ރުފިޔާއަށް ލިބެން ހުރެއެވެ. އެހެންކަމުން އާ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި 20 ޖީބީގެ ޕެކޭޖެއް ނެގުމުން އިތުރު 10 ޖީބީ ހިލޭ ލިބޭނެއެވެ. މީގެ އިތުރުން އެ ޕެކޭޖް ހުސްވުމުން 100 ރުފިޔާއަށް ހަތް ޖީބީ ގަނެވޭނެއެވެ. އުރީދު ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތައް އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!