ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ޓަވަރުތަކެއް: ދެ މީހުންނަށް އެއްކޮށް ވެސް ހޯމް އިމްޕްރޫވްމެންޓް ލޯނަށް އެދި ހުށަހެޅޭނެ -- އަވަސް ފޮޓޯ

ހިޔާ ފިނިޝިން ލޯނު ލުއިކޮށްދީފި

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުނަށް ފަސޭހަ ކޮށްދޭން ބީއެމްއެލް އިން ތައާރަފު ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނާއި ފައިނޭންސިންއަށް ލުއި ދީފި އެވެ.

ބީއެމްއެލްއިން ބުނީ މިއަދު ގެނައި އާ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު މީހުނާއެކު ލޯނަށް ހުށަހެޅޭނެ ކަމަށެވެ. ލޯނަށް އެދި ހުށަހެޅޭނީ އާމްދަނީ ލިބޭ މީހަކަށް ކަމަށެވެ.

އެހެންކަމުން ލޯނަށް އެދި ހުށަހަޅާއިރު އާމްދަނީގެ ގޮތުގައި މުސާރަ، ކުލި، ވިޔަފާރިން ލިބޭ އާމްދަނީ ގެ އިތުރުން އެހެނިހެން އާމްދަނީ ބަލައިގަންނާނެ އެވެ. ލޯނުގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ ލޯނު ނަގާ މީހާ ނުވަތަ ފްލެޓްގެ ވެރިފަރާތާއި އާއިލީ ގޮތުން ގުޅުން ހުރި މީހެއް ކަމުގައި ވެސް ވާން ޖެހެ އެވެ.

ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އާ ފްލެޓްތަކުގެ ފިނިޝިން އަދި ފަރުނީޗަރު ގަތުމަށް ކަސްޓަމަރުންނަށް 25،000ރ. އިން ފެށިގެން 150،000ރ. އާއި ހަމައަށް ލޯނު ދޫކުރަން ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ. ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ 12 ޕަސެންޓްގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ބޭނުންކުން ބުނީ، މި ބަދަލާއެކު ހިޔާ ފްލެޓް ލިބުނު މީހުންނަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަންތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ބޭންކުން ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯން ޕްލަސް ލޯނަށް ވެސްމި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!