އެޗްއާރްސީއެމްގެ މިހާރުގެ މެމްބަރުންގެ ބޯޑު

އަފްޣާނު ޖަލުގައި ދިވެހި އާއިލާގެ ހާލު ބަލަން އެދެފި

އަފްޣާނިސްތާނުގެ ޖަލެއްގައި ތިބި ދިވެހި އާއިލާގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ސަރުކާރަށް ކޮށްދެވެންހުރި މަސައްކަތެއް ކޮށްދޭން އެޗްއާރްސީއެމުން ގޮވާލައިފި އެވެ.

އަފްޣާނިސްތާނުގެ ސަރުކާރު ވެއްޓި ތާލިބަނުންގެ އަތްމައްޗަށް ގައުމު ގޮސްފައިވާއިރު އެ ގައުމުގެ ޖަލުގައި ތިބި ދިވެހި ދެމަފިރިއަކާއި އެ މީހުންގެ ހަތަރު ދަރިން އެބަތިއްބެވެ.

އެޗްއާރްސީއެމުން މިއަދު ބުނެފައި ވަނީ އަފްޣާނިސްތާނާއި ރާއްޖެއަކީ އޭޝިއާ ޕެސިފިކް ފޯރަމް (އޭޕީއެފް) ގެ މެންބަރުން ކަމަށާއި އެހެންވެ ތާލިބާނުން އަފްޣާންގައި އަމަލު ކޮށްފާނެ ގޮތަކާމެދު އޭޕީއެފްއިން ކަންބޮޑުވުން އޮތް ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ އެ ގައުމުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ސަރުކާރުން ކޮށްދެވެންހުރި އެންމެހައި މަސައްކަތްތަކެއް ކޮށްދެއްވައި އިންސާނީ ހައްގަތައް ނަގަހައްޓައި ރައްކާތެރި ކުރުމަށް މަސައްކަތް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދަންނަވާފައި ވަނީ ރައީސް ސޯލިހާއި މިނިސްޓަރަށް ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!