ކަށިދޫގައި ކޮށާލައިފައިވާ ފަޅޯ ދަނޑު

ކާށިދޫ ފަޅޯ ދަނޑުގެ މައްސަލަ: ތުހުމަތުވާ މީހަކު ނެތް

ކ. ކާށިދޫގެ ފަޅޯދަނޑެއްގައި ހުރި ގިނަ އަދަދެއްގެ ގަސްތަކެއް ކެނޑި މައްސަލައިގައި މިހާތަނަށް އަދި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މިކަން ހިނގާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ މީހަކު އިންދާފައިވާ 118 ފަޅޯގަހުގެ ތެރެއިން 115 ގަސް ވަނީ ކަނޑައި ބިމާ ހަމަކޮށްފަ އެވެ. ގަސްތައް ކަނޑާލިއިރު ހުރިހާ ގަހެއްގައި ވެސް އޮތީ ފަޅޯ އަޅާ ފުރިފަ އެވެ.

ގެއްލުން ދިނީ ކާކުކަމެއް އަދި އެ މަންޒަރު ފެނުނު މީހަކުވެސް ނެތެވެ. ފުލުހުން ބުނީ މައްސަލަ ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ގަސްތައް ކަނޑާފައި ހުރީ ވަޅިންނާއި ކީހުންނެވެ. ގަސްތަކަށް ގެއްލުން ދީފައި ވަނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށް އެރަށުގެ ބައެއް މީހުން ބުނެ އެވެ. މި މައްސަލައިގައި ކައުންސިލްގެ ބަހެއް މިހާތަނަށް އަވަސްއަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މީގެ ކުރިންވެސް ކާށިދޫގެ ދަނޑުތަކަށް ގެއްލުން ދީގެން މިފަދަ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!