ހ. އެރޯމާ ތިރީގައި ހަދާފައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފާއި ޕޮލިސް އަދި އާންމުން ހަރަކާތްތެރި ވަނީ

ޕިކްސީ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލޮނުޒިޔާރަތްމަގުގައި ހުންނަ މާވިއްކާ ފިހާރަ ޕިކްސީގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 15:48 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވީ ލޮނުޒިޔާރަތްމަގުގައި ހުންނަ ޕިކްސީ މާ ވިއްކާ ފިހާރައިގެ ގުދަނުގައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހަކު ބުނީ ހ. އެރޯމާގޭ ތިރީގައި ހަދާފައިވާ ގުދަނެއްގެ ތެރެއިން ބޯ ކަޅު ދުން އަރަމުން ދާތީ އާންމުންނާއި ފުލުހުން ވެގެން އެ ގުދަނުގެ ރޯލާ ގޭޓް ހަލާކުކޮށްލުމަށް ފަހު ކައިރި ސަރަހައްދުތަކުން އަލިފާން ނިންވާ ފުޅި ހޯދާ، ބޭނުންކޮށްގެން ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެމްއެންޑީއެފް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ. މިހާރު އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!