ށ. ޅައިމަގު ބަނދަރުމަތީގައި ޒުވާނުންތަކެއް މަޑުކޮށްލައިގެން / ފައިލް ފޮޓޯ

ޅައިމަގުގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ށ. ޅައިމަގުގައި 17 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. “ދަ ޕްރެސް” އަށް މައުލޫމާތު ދެއްވަމުން ޅައިމަގު ކައުންސިލް ރައީސް އާދަމް އަޒްމީރު ވިދާޅުވީ 17 އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޅައިމަގުގައި 17 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅާ އަނިޔާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާ ކަމަށާ މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. “ދަ ޕްރެސް” އަށް މައުލޫމާތު ލިބުނު ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!