ރޮޑްޝޯގައި އެމްޑީ ޝާހް މީޑިއާ އާައި މައުލޫމާތު ދެއްވަނީ -- އަހުމަދު އަޝްހާދު | އަވަސް

މަސައްކަތް ކުރަނީ ހިދުމަތް ލުއި ކުރަން: ޝާހް

އެމްޑަބްލިއުއެސްސީ، ފެން ކުންފުނިން އަމާޒު ހިފައި މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ހިދުމަތް ފޯރުކޮށް ދޭން ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ ހަސަން ޝާހ ވިދާޅުވެއްޖެ އެވެ.

ޝާހު މިހެން ވިދާޅުވީ ފެން ކުންފުނީގެ “އެކުވެރި އެމްޑަބްލިއުއެސްސީ ރޯޑްޝޯ” ހަރަކާތުގެ ތެރޭގަ އެވެ. އެ ހަރަކާތަކީ އިއްޔެ އާއި މިއަދު އެ ކުންފުނިން ކުރިއަށް ގެންދިޔަ އިވެންޓެކެވެ. އެއީ ފެންކުންފުނީގެ މަސައްކަތްތަކަށް އާންމުން ހޭލުންތެރި ކުރުމަށާއި ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށް ދޭ ރޯޑް ޝޯއެކެވެ.

މި ރޯޑްޝޯގެ ބައިވެރިންގެ ތެރެއިން ގުރުއތުން ހޮވޭ ފަރާތަކަށް ބައިސްކަލެއް ދިނެވެ.

ޝޯގެ ތެރެއިން ޝާހު ވިދާޅުވީ ފެން ކުންފުނިން އަބަދުވެސް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުން ކޮށްގެން، ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީ ކުރަން މަސައްކަތް ކުރާ ކަމަށެވެ.

“ކޮވިޑް-19 އާއި ގުޅިގެން ދިމާވި ފުރަބަންދަށް ފަހު، ބެންކް ޓްރާންސްފާ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ ފަދަ ލުއި ގޮތްތައް ފަހިކޮށްދެވިފައިވާކަން ފާހަގަކޮށްލަން،” ޝާަހް ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!