އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓު / ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ 3 ޕައިލެޓަކު ޑޯނިއާ ކޯޕައިލެޓް ކޯސް ފުރިހަމަކޮށްފި

ރާއްޖޭގެ 3 ޕައިލެޓަކު ޑޯނިއާ ކޯޕައިލެޓް ކޮންވާޝަން ކޯސް ފުރިހަމަކޮށްފިއެވެ. މި ކޯސް ފުރިހަމަކޮށްފައިވަނީ އިންޑީއާގައެވެ. ރާއްޖެއަށް އިންޑިއާއިން ދީފައިވާ ޑޯނިއާ-288 މަރުކާގެ މަތިންދާބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާ ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާ ކުރުމަށާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭވިއޭޓާސް މޯލްޑިވްސް އިން ހާމަކުރާގޮތުގައި އިންޑިއާގައި ބޭއްވި 29 ވަނަ ޑޯނިއާ އޮޕަރޭޝަނަލް ފްލައިން ޓްރެއިނިން ޕްރޮގްރާމްގައި އެމްއެންޑީއެފްގެ 3 ޕައިލެޓުން ބައިވެރިވެ ވަނީ ކޯޕައިލެޓް ކޯސް ފުރިހަމަކޮށްފައެވެ. އަދި މި 3 ޕައިލެޓުން ވަނީ ސްކޫލް އޮފް ނޭވަލް އެއާމެން އެންޑް ނޭވަލް އިންސްޓިޓިއުޓް އޮފް އެރޯނައުޓިކަލް ޓެކްނޮލިޖީ އެންޑް އަންޑާވެންޓް ކޯޕައިލެޓް ކޮންވާޝަންގައި 3 މަހުގެ ގްރައުންޑް ޓްރެއިނިން ވެސް ފުރިހަމަކޮށްފައި ކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ހާމަކުރެއެވެ. 2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސާވައިލަންސް އޮޕަރޭޝަން ހިންގާފައިވެއެވެ. އިންޑިއާގައި ކުރިޔަށްގެންދިޔަ މި ކޯސް ނިމި ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮގަސްޓް 20 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވާފައިވަނީ ކޮމޮޑާ ވީބީ ބެލަރީ އަދި ޗީފް ގެސްޓް ކޮމާންޑިން އޮފިސަރ އައިއެންއެސް ގަރުދައެވެ. މީގެ ކުރިން ޑޯނިއާ ފްލައިޓް އޮޕަރޭޓް ކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން މި ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެމްއެންޑީއެފް ޕައިލަޓެއް ތަމްރީނު ވަންދެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!