އެމްޖޭއޭގެ ރިޕޯޓު ބްރިޓިޝް ހައިކޮމިޝަނަރު ކެރޮން ރޮސްލާ ނެރެއްދެއްވަނީ

ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްތަކަށް އިންސާފު ނުލިބޭ މައްސަލައަށް ރިޕޯޓެއް ނެރެފި

ދިވެހިރާއްޖޭގައި ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްކުށަށް އިންސާފު ގާއިމް ނުކުރެވުމުގެ މައްސަލައިގެ ރިޕޯޓެއް ނެރެފިއެެވެ. ބްރިޓިޝް ހައިކޮމިޝަންގެ އެހީއާއެކު، އިންޓާނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގުޅިގެން “ޗޭސިންގް ޖަސްޓިސް” ގެ ނަމުގައި ނެރުނު ރިޕޯޓުގައި ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުމަށޤ އެދި ދިވެހިރާއްޖޭގެ ސަރުކާރަށް ވަނީ ގޮވާލާފައެވެ. ޗޭސިންގް ޖަސްޓިސް ގައި ނޫސްވެރިންނަށް ކުރާ ގަނާތަކުގެ ތާރީހާއި މިފަދަ ކުށްތައް ކުރާ މީހުންނަށް ލިބިފައިވާ މިނިވަންކަމުގެ ވާހަކައާއި ނޫސްވެރީންނަށް އޮތް ނުރައްކަލުގެ މިންވަރަކީ ކޮބައިކަން ކިޔައިދޭ ސާވޭއެއް ވެސް ހިމަނާފައި ވެއެވެ. މުސްތަގުބަލަށް ވިސްނައި މިފަދަ ކަންކަން ހުއްޓުވޭނެ ގޮތްތަކަކީ ކޮބައިކަން ބަޔާންކޮށް ބައެއް މީޑިއާތަކުގައި މަސައްކަތް ކުރާ މީހުން ފާހަގަ ކޮށްފައި ވާ މުހިއްމު ނުކުތާތަކެއް ވެސް ވަނީ ހިމަނާފައެވެ. މިހާރު ވެރިކަން ކުރާ ސަރުކާރުން މިފަދަ ކުށްތައް ކުރާ މީހުންނާ ދެކޮޅަށް ކުރަނީ ކޮންކޮން ކަންކަމެއްކަން ވެސް މި ރިޕޯޓުގައި އެބައޮތެވެ. އިންސާފު ލިބިގަތުން ލަސްވެފައި ވަނީ ދީނީގޮތުން ހައްދުފަހަނައަޅައި ގޮސްފައި ވާ ފިކުރަށް ބޯލަންބުވައިފައި ތިބި ބަޔަކު އިސްލާމްދީނުގެ ނަމުގައި ހިންގާ ކުށުގެ އަމަލުތަކުން ކަން ވެސް ބަޔާން ކޮށްފައި ވެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!