ސ. މީދޫ ގަބުރުސްތާނުގެ ވަލުތެރޭގައި ރޯވި އަލިފާން ނިންވާލައިފި / ފޮޓޯ: އެމްއެންޑީއެފް

ސ. މީދޫ ގަބުރުސްތާނު ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސ. މީދޫ ގަބުރުސްތާނު ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ ގަބުރުސްތާނުގެ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިއަދު އިރުއޮއްސުނު ވަގުތުގައެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ ގާތްގަނޑަކަށް 19:08 ހާއިރު އެެމްއެންޑީއެފް ސަދަން އޭރިއާ ހުޅުމީދޫ ފަޔާ ސްޓޭޝަނަށް ކަމަށާއި މައުލޫމާތު ލިބުމާ ގުޅިގެން އެ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރި ވެފައި ކަމަށެވެ. އަދި ސިފައިން ކުރި މަސައްކަތުން ރޯވެފައި ހުރި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ރޯވި އަލިފާންގަނޑު ނިއްވާލާފައި ވީ ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!