ޗައިނާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވާން ލިޖިން

ޗައިނާއިން ކަނޑައެޅި އާ ސަފީރު ރާއްޖެ ވަޑައިގެންފި

ޗާއިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ރާއްޖެ ވަޑައިގެންފިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވާން ލިޖިން ރޭ ރާއްޖެ ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ފައިސަލާއި ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލް އަހުމަދު މުޖުތަބާއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައެޅި ސަފީރުގެ މަގާމަށް ވާން ލިޖިން ހަމަޖައްސަވާފައި މިވަނީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޖަންގް ލިޖޮންގް ގެ ދައުރު ހަމަވިތާ ހަތަރު މަސް ދުވަސް ފަހުންނެވެ. ވާން ލިޖިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާގެ ސަފީރެއްގެ ގޮތުގައި އޭނާ އައްޔަން ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ދެގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!