ސްކޫލު ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންގެ ވެކްސިން ޕްރޮގްރާމް: 50 ޕަސަންޓަށް ވުރެ ގިނަ ކުދިން ވެކްސިން ޖަހައިފި

ސްކޫލް ކުދިންގެ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިން ޖެހޭ އުމުރުފުރުގައި ކުދިންގެ ތެރެއިން މިހާތަނަށް 50 ޕަސަންޓަށް ވުރެ ގިނަ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީން ބުނީ ރާއްޖޭގެ އާބާދީގެ 12އަހަރާއި 17 އަހަރާ ދެމެދުގެ 20,239 ކުދީންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދެވިފައިވާ ކަމަށެވެ. މިއީ އެކެޓަގަރީގެ 50 ޕަސަންޓް އާބާދީއަށްވުރެ އިތުރު އަދަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ވަނީ މިއީ ރާއްޖޭގެ ދަރިވަރުންގެ ރައްކާތެރި ކަމަށް ކުރެވެމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ފާހަގަކޮށްފައެވެ. ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިމަހު 15 ވަަނަ ދުވަހު ފާށާފައިވާއިރު ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ވަނީ ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރާކަށް ނުޖެހޭނެ ކަމަށާއި ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި ކަމަށް ބުނެފައެވެ. އެގޮތުން 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުންނެވެ. ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!