ފެބްރުއަރީ 11، 2020: މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިޒާމު ބަދަލުކުރަނީ ވަކި މީހަކަށް ހެޔޮވަރު ކޯޓު ފަހަން: މަވޯޓާ

ރާއްޖޭގައި އުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތް ކުރަނީ ވަކި ބޭފުޅަކު ބޭނުންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަދަލުކޮށް، ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި ރައީސް ނަޝީދު އިސްވެހުންނަވައިގެން އެމްޑީޕީގެ ބައެއް މެންބަރުން އިއްޔެ ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީއިތުރަށް ވިދާޅުވުމަށް އެކަމާ ގުޅޭގޮތުން ޝަރީފް މިއަދު “ސަން” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު، ބަރުލަމާނީ ނިޒާމަކީ ރާއްޖެއާ އެންމެ ގުޅޭ ނިޒާމު ކަމުގައި ގަބޫލުފުޅު ނުކުރައްވާކަަމަށެވެ. އަދި ނިޒާމު ބަދަލުކޮށްގެން ރާއްޖެއަށް ލިބޭނެ މޮޅެއް ނުވަތަ ފައިދާއެއް ނޯންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. “ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނަޔަސް ރާއްޖެއަށް ލިބޭނެ މޮޅެއް ނޯންނާނެ. މިހާރު ނުވާކަމެއް ވާތަނެއް އަޅުގަނޑަކަށް ނުފެނޭ.” ޝަރީފް ވިދާޅުވިއެވެ. ޝަރީފް އިތުރަށް ވިދާޅުވީ، ވަކި މީހަކު ބޭނުންވާ ވަގުތެއްގައި އެމީހަކު އެދޭގޮތަށް ގައުމެއްގެ ނިޒާމު ބަދަލުކުރަންވެއްޖެނަމަ އެ ގައުމެއްގެ އާންމު މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ. “ގައުމުތަކުގެ ނިޒާމުތަކަކީ ވަކި މީހަކު ބޭނުންވެގެން، ވަކި މީހެއްގެ ގަޔަށް ހެޔޮވަރު ކޯޓެއްގެ ގޮތުގައި ފަހާ އެއްޗެއްގެ ގޮތުގައި ވެއްޖިއްޔާ ގައުމުގެ އެއްވެސް މަސްލަހަތެއް ނޯންނާނެ” ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ދިމާވެގެން މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ވަކި ބޭފުޅަކު ބޭނުންވެގެން ކުރަން އުޅޭ ކަމެއް ކަމަށެވެ. “ނިޒާމުގެ މައްސަލައެއް ނޫން މިއުޅެނީ. ވަކި ބޭފުޅަކު ބޭނުންވާ ގޮތަކަށް ވަކި ބޭފުޅަކަށް ހެޔޮވަރުވާ ގޮތަށް ކޯޓު ފަހަން.” ޝަރީފް ވިދާޅުވިއެވެ. ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު އެއްފަރާތްކޮށް، ބަރުލަމާނީ ނިޒާމު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރައްވައި ޝރީފް އިތުރަށް ވިދާޅުވީ އެ ނިޒާމަށް ތާއީދު ނުކުރާނެ ކަަމަށެވެ. ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް އެ ނިޒާމު ގެންނަން މަސައްކަތް ކުރަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން ނިޒާމު ބަދަލުކުރަން 2023 ގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަަމަށާއި، ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންވާކަމަށްވެސް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ތާއީދު އޮތީ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމަަށް ތާއީދުކުރާ ފަރާތްތަކަށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!