މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން / ފޮޓޯ: މީރާ

މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

އދ. މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު މަހިބަދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، އެކަލެކްޝަން ސެންޓަރު ހުޅުވާދެއްވީ އދ. އަތޮޅު ކައުންސިލުގެ ރައީސް، އަލީ ނަސީރުއެވެ. މަހިބަދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންނަށާ ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮށްފައިވާ މުހިއްމު މަސައްކަތެއްކަމަށް މީރާއިން ބުނެއެވެ. އަތޮޅުތަކުގައި ގާއިމްކޮށްފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ. އޭގެތެރޭގައި، މީރާގައި ރަޖިސްޓަރީކުރުމާ، ޓެކްސް ބަޔާންތައް ބަލައިގަތުމާ، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެމައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެކަމަށް މީރާއިން ވަނީ ބުނެފައެވެ. މިހާތަނަށް މީރާއިން ވަނީ 18 އަތޮޅެއްގައި 19 އޮފީސް ގާއިމުކޮށް، އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!