ރައީސުލްޖުމްހޫރިއްޔާ، ތ. އޮމަދޫއަށް ވަޑައިގަތުން ---

އޮމަދޫ ރައްޔިތުންގެ 40 އަހަރުގެ ދިގު އިންތިޒާރު ނިމުމަކަށް!

އޮމަދޫ ރައްޔިތުން މީގެ 40 އަހަރު ކުރިން ފެށިގެން އިންތިޒާރު ކުރަމުން އަންނަނީ ބަނދަރަކަށެވެ. އެމީހުންގެ ދިގު އިންތިޒާރަކަށް އެންމެ ފަހުން ނިމުމެއް އައީ ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހަައްމަދު ސޯލިހް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިމަހުގެ 18 ވަނަ ދުވަހު އޮމަދޫއަށް ވަޑައިގެން އެރަށުގައި ތަރައްގީ ކުރި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވުމާއެކުގައެވެ. އެކަމަށްޓަކައި ރަށުގެ ރައްޔިތުންގެ ހިފެހެއްޓުމެއްނެތް ނެތް ޝުކުރު ދަނީ ރައީސް ސޯލިހަށް އަދާކުރަމުންނެވެ. އޮމަދޫ ކައުންސިލްގެ ރައީސް އަހްމަދު ޒަކީ “ސަން”އަށް ވިދާޅުވީ މާޒީގައި ކޮންމެ ބޭފުޅަކުވެސް ވޯޓު ހޯދަން ރައްޔިތުންގެ ގާތަށް އައިސް ބަނދަރު ހަދައިދޭނެ ކަމަށް ބުނެ ކަޑަ ޖަހާ ބަނދަރުގެ މިންތައްވެސް ބަލާ ކަމަށެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. ޒަކީ ވިދާޅުވީ އޮމަދޫ ބަނދަރު ހުޅުވުމުން އިގްތިސޯދީ ގޮތުންވެސް ރަށަށް އިތުރު އެތައް ކުރިއެރުންތަކެއް އައުމުގެ ފުރުސަތު ފަހިވެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން އެ ރަށަކީ މަސް ކައްކާ ރަށަކަށް ވުމުން ރަށުން ބޭރުން އަންނަ ބޮޑެތި އޮޑިދޯނިފަހު ބަނދަރުކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ. ތ. އޮމަދޫ ބަނދަރު ސަރަހައްދު — “ބަނދަރު ކަންތަކުގަ މި ހަދާ ގޮތަކީ އިންތިހާބު ކައިރިވީމަ ކޮށްދޭނެ ކަމަށް ވައުދުވޭ. ކަޑަވެސް ޖަހާ. ބަނދަރުގެ މިން ތަކެއް ބަލާ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބެ. ތަފާތަކީ ރައީސް ސޯލިހް ކަޑަޖަހާކަށް ނަހައްދަވަ. ކޮވިޑުގެ މިދަތި ހާލުގަވެސް އެއްވެސް ކަހަލަ މަޑުޖެހުމެއް ނެތި ހަމަ އެއްބުރުން ބަނދަރު ނިންމަވާ ދެއްވާފަ އެ އޮތީ،” “މިއީ ވަރަށް ބޮޑު ކުރިއެރުމެއް. މިރަށު ރައްޔިތުން ފަރާތުންވެސް ކައުންސިލް ފަރާތުންވެސް ރައީސް ސޯލަހަށް އޮހެނީ ހިފެހެެއްޓުމެއް ނެތް ޝުކުރު. ރައީސް ސޯލިހަށް އަޅުގަނޑުމެން ރުހި ގަބޫލު،” ޒަކީ ވިދާޅުވިއެވެ. އަހްމަދު ޒަކީ ވިދާޅުވީ ރައީސް ސޯލިހްގެ ދަތުރުފުޅުން އޮމަދޫ ރައްޔިތުންގެ އުންމީދުތައް އިތުރަށް އާވެ، ހިތްތަކަށް އާރޯކަން ގެނުވައިފި ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހަކީ އާ ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރައްވާ ހަތަރު ވަނަ ރައީސް ކަމަށާއި މީގެ ތެރެއިން ކޮންމެ ރައީސެއްވެސް އޮމަދޫގައި އެކަށީގެންވާ ބަނދަރެއް ހަދައިދޭނެ ކަމުގެ ފޮނި ވާހަކަތައް ދައްކަވާފައި އެބަހުރި ކަމަށެވެ. ޒަކީ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނަމުން އެބަދާ ކަމަށެވެ. އެގޮތުން އަތޮޅު ތަކުގެ ތަރައްގީއަށް އެމަނިކުފާނު ދެއްވާ އިސްކަމަކީ އޭގެ އަލިގަދަ ހެއްކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް އޮމަދޫން ރަތްދޫލައިގެ މަރުހަބާއެއް — “ރައީސް ސޯލިހް އޮމަދޫއަށް ވަޑައިގެން އެ ދެއްވި އުއްމީދަށްޓަކައި އަޅުގަނޑުމެން ހުރިހާ ރައްޔިތުންނާ ކައުންސިލްވެސް މިތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ. އުފަލުން ފޮޅިފަ،” ޒަކީ ވިދާޅުވިއެވެ. އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެރަށް ވަޑައިގަތުމުން ކައުންސިލާއި، ރައްޔިތުންގެ ފަރާތުން އެދުނު އެންމެބޮޑު އެދުމަކީ، އޮމަދޫ ބަނދަރު ހަދައިދިނުމުގެ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވީ އޮމަދޫ ރައްޔިތުން އެދުނު ފަދައިން ފެނަކައިގެ ފަރާތުން އެ ރަށުގައި މިހާރުވަނީ ކަރަންޓުގެ ނެޓްވާކް އަޕްގްރޭޑްކޮށް، އިންޖީނުގެ އެހެން ތަނަކަށް ރިލޮކޭޓްކޮށް، އަދި އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓް ދިނުމުގެ މަސައްކަތްވެސް ފަށާފައި ކަމަށެވެ. މީގެ އިތުރުން ރައްޔިތުން އެދުނު ފަދައިން، ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމާއި، އަދިވެސް ސްކޫލަށް ބޭނުންވެފައި ހުރި މަލްޓި-ޕާޕަސް ހޯލުގެ ކަންތައްވެސް މި އަންނަ އަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!