އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް: އެ ޕާޓީގެ އިސްތިއުނާފްގެ ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޯދަން ވަނީ އިއުލާނުކޮށްފައި -- ފޮޓޯ: އަވަސް

އެމްޑީޕީގެ އިސްތިއުނާފްގެ މަޖިލީހަށް މެމްބަރުން ހޯދަނީ

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އިސްތިއުނާފްގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އެމްޑީޕީއިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މަޖިލީހުގެ ނުވަ ގޮނޑިއެއް ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން އެ ނުވަ ގޮނޑިޔަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވައިލާފަ އެވެ.

އިސްތިއުނާފްގެ ފަނޑިޔާރު މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލެވޭނީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ. އަދި އެމަގާމަށް ކުރިމަތިލާ މީހުން އެ ޕާޓިގެ ގައުމީ މަޖިލީހުގެ މެންބަރަކަށް ވެސް ވާން ޖެހޭނެ އެވެ.

އެ މަޖިލީހުގެ ރައީސަކަށް ވެވޭނީ އެ ޕާޓީ މެމްބަރެއްގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހެކެވެ. އަދި އޭނާ ވާންވާނީ 35 އަހަރުން މަތީގެ މީހެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ވަނީ ހުޅުވައިލާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!